ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ޖީ. އެސް. 3 |
މަޤާމުގެ ރޭންކް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) |
މަޤާމް: |
|
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
|
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތް ކުރަންޖެހޭ ތަން: |
|||
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
އަސާސީ މުސާރަ: |
|||
-/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
|||
-/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
|||
އަސާސީ މުސާރައިގެ %20 |
ޖުޑީޝަލް އެލަވަންސް: |
|||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އިތުރުގަޑީގެ ފައިސާ: |
|||
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
އަސާސީ ޝަރުޠު: |
|||
- ފައިސާއާ ގުޅޭގޮތުން ކޯޓުގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފައިސާއާބޭހޭ ފޮތްތައް ގަވައިދުން ލިޔެ ބެލެހެއްޓުން. - ކޯޓުގެ މުވައްޒަފުންގެ ރެކޯޑް ފައިލް އަޕްޑޭޓްކޮށް ފުރިހަމައަށް ބެލެހެއްޓުން. - ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާ އޭރަކު ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެ މަތިން ފިޔަވަޅު އަޅަމުން ދިއުމާއި، ކޯޓް އަމުރާއި، ބަންދު އަމުރު ތައްޔާރުކޮށް ބެލެހެއްޓުން. - ކޯޓްރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން. - ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު އަރުވަންޖެހޭ ފަރާތްތަކަށް ޖަވާބުއެރުވުމަށް އަންގަވާގޮތެއްގެމަތިން ދަޢުވާ ފޯމްތަކުގެ ޖަވާބު ފޮނުވުން. - މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެ ތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެފައިލް ހަވާލުކުރުން. - ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައް ލިޔެ ބެލެހެއްޓުން (މީގެ ތެރެއިން، ވަރީގެ ރަޖިސްޓަރީއާއި، ވަރީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.) - މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ، އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން. - ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި މިނޫންވެސް ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ އެ މަސައްކަތްވެސް ކުރުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
|||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު) - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ) - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން އެކްރިޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު) - އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު، ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
|||
2016 މާރިޗު 6 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމު، ފެކުހުން ނުވަތަ އީމެއިލުން ވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލުން އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ. |
ސުންގަޑި: |
|||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލްވާނެއެވެ. - މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ، މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް، ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް، ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ 6560566 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
20 ޖުމާދަލްއޫލާ 1437