މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެލުމިނިއަމް ދޮރުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެމް.އެން.ޑީ.އެފް ޢިމާރާތަކަށް ބޭނުންވާ އެލުމިނިއަމް ދޮރުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 މާރިޗު 02 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 މާރިޗު 07 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ. 

25 ފެބުރުވަރީ 2016
ހޯދާ