އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ މީޓިންގ ރޫމް ޑިޒައިންކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ މީޓިންގ ރޫމް ޑިޒައިންކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އޮފީހުން ދޭ މަޢޫލުމާތާ އެއްގޮތަށް މި އޮފީހުގެ ބޮޑު މީޓިންގ ރޫމް ޑިޒައިންކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016
ހޯދާ