ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 މަސައްކަތް: އެސްޓީއޯ ގދ. ތިނަދޫ ފިހާރައިން ވިއްކާ ކާޑު (ހަނޑޫ، ހަކުރު އަދި ފުށް) އަމިއްލަ މީހުންނާއި އަދި އަމިއްލަ ވެހިކަލް ބޭނުން ކޮށްގެން ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް

 މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 ރަޖިސްޓަރީ ކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 މާރިޗު 06 ވަނަ ދުވަހު 09:00 ގެ ކުރިން އެސްޓީއޯ ތިނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2016 މާރިޗު 06 ވަނަ ދުވަހު އީމެއިލުންނެވެ.

 މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 މާރިޗު 07  ވަނަ ދުވަހު 15:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2016 މާރިޗު 13 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުންބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2016 މާރިޗު 13 ވަނަ ދުވަހު 14:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3012224، 3344180

ފެކްސް:  3344633

އީމެއިލް: [email protected]

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ