ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު |
ޕްރިންޓަރ |
މަޤާމުގެ ރޭންކް |
އެސް.އެސް.3 |
މަޤާމުގެ ކުލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
މަޤާމުގެ ގިންތި |
ދާއިމީ |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ނަންބަރު |
OD/22/2016/09-ފ188 |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް |
ކެޔޮދޫ ސްކޫލް / ވ.ކެޔޮދޫ |
ސެކްޝަން |
އެޑްމިން ސެކްޝަން |
މުސާރަ |
މަހަކު -/3،875 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1,000 ރުފިޔާ |
އިތުރުގަޑީގެ ފައިސާ |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠު |
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1. ކިޔަވައިދިނުމަށް ބޭނުންވާ ހޭންޑްއައުޓާއި ވާރކްޝީޓް ފަދަ ތަކެތި ޕްރިންޓްކޮށް، ކިޔަވައިދިނުމަށް ދަތިނުވާނެގޮތުގެ އިންތިޒާމު ހަމަޖެއްސުން. 2. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބޭއްވޭ ޓެސްޓްތަކާއި، އިމްތިޙާނުތަކުގެ ޕޭޕަރުތައް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ޕްރިންޓްކުރުން. 3. ކިޔަވައިދިނުމަށް ބޭނުންކުރާ މުޤައްރަރާއި މަންހަޖު ފަދަ ތަކެތި ޕްރިންޓްކޮށް، ލީޑިންގ ޓީޗަރުންގެ އިރުޝާދުގެމަތިން މުދައްރިސުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 4. ސްކޫލުން އެކުލަވައިލާ، ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާ ގުޅޭ ތަފާތު ޕޮލިސީތަކާއި އުސޫލުތައް ޕްރިންޓްކޮށް، ދަރިވަރުންނާއި މުވައްޒަފުންނާއި، ސްކޫލާ ގުޅުންހުރި ފަރާތްތަކުގެ ތެރެއިން އެތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 5. ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް ފަދަ ސަރުކާރުގެ އިދާރާތަކުގެ، މުވައްޒަފުންނާއި ސްކޫލުތަކުގެ ކިޔަވައިދިނުމާ ގުޅުންހުންނަ ގަވާއިދުތަކާއި ޕޮލިސީތައް ޕްރިންޓްކޮށް، މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 6. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޭނުންވާ މެޓީރިއަލްސް، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރިންޓްކުރުން. 7. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެ، ސެޓުފިކެޓުތައް ޕްރިންޓްކުރުން. 8. އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތު ކާޑާއި، ބެނާ، ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން. 9. ސްކޫލަކީ، ކިޔެވުމާއި ކިޔަވައިދިނުމާ ރައްޓެހި ތަނެއްގެގޮތުގައި ދެމެހެއްޓުމަށްޓަކައި ކިޔެވުމާއި ކިޔަވައިދިނުމާ ގުޅޭ އެކި އެކި ޝިޢާރުތައް ތައްޔާރުކޮށް، އެފަދަ ތަކެތި ޑިސްޕްލޭކުރުމުގައި އެހީތެރިވެދިނުން. 10. ޕްރިންޓްކުރުމަށް ބޭނުންކުރާ، ކަރުދާހާއި، ކާޓްރިޖް ފަދަ ތަކެތި، ޕްރިންޓްކުރުމަށް ދަތިނުވާނޭހެން ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން. 11. ޕްރިންޓްކުރުމަށް ބޭނުންކުރާ ޕްރިންޓަރ، ޗާޕުމެޝިން ފަދަ ތަކެތި ސަރވިސްކޮށް، މަރާމާތުކުރަންޖެހޭނަމަ، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން. |
ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. |
އިންޓަރވިއުކުރުން |
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ، 10 މާރިޗު 2016 ގައެވެ. - މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. - އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ. - މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ކެޔޮދޫ ސްކޫލުގެ އޮފީހުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 02 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ކެޔޮދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކެޔޮދޫ ސްކޫލުގެ ނަންބަރު 6700804 ފޯނަށް ގުޅުން އެދެމެވެ. |
22 ޖުމާދަލްއޫލާ 1437