މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމު:

ޕްލޭނިންގ އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ / ސެކްޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

01

ތަޢުލީމާއި ތަޖުރިބާ:

1- އިކޮނޮމިކް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ،

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސިލުގެ ވާރކް ޕްލޭނާއި، އަތޮޅުގެ ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްކުރުން

2- ކުއްލި ހާލަތުގައި ވަގުތުން އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ މަޢުލޫމާތު އެއްކުރުން

3- ކާރިސާތަކުން ރައްކާތެރިވުމަށް އަތޮޅު ލެވެލްގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ އިދާރީ މަސައްކަތް ކުރުން

4- އަތޮޅު ކައުންސިލުގެ އިންޓަރނަލް އޮޑިޓާއި އެކްސްޓަރނަލް އޮޑިޓް ހެދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން

5- އަތޮޅުގެ ޞިއްޙީ ޙާލަތު ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން

6- އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ހިންގޭ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭ  ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުން

7- ރަށްރަށުގެ އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަ ކުރުމުގެ މަސައްކަތްކުރުން

8- އަތޮޅު ކައުންސިލްގެ މަސައްކަތް ތާވަލުގައި ހިމެނިގެން ޔުނިޓާ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

9- ރަށުކައުންސިލްތަކުގެ މޮނިޓަރިންގއާ ގުޅޭ ކަންކަމުގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއް ކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.

4- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއް ކަމުގައިވުން.

5- އިނގިރޭސިފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.

6- ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ. 
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  2016 މާރިޗު 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން ށ.އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540025 ނަންބަރު ފޯނާއެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ