ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކައުންސެލަރ    

މަޤާމް ނަންބަރު:

188-OD/22/2016/09

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

އެކަޑެމިކް  

މުސާރަ:

-/5610 ރުފިޔާ

މަސައްކަތްކުރަންޖެހޭ އޮފީސް:

ކެޔޮދޫ ސްކޫލް / ވ. ކެޔޮދޫ  

މަސައްކަތާ ގުޅޭ ދާއިރާ:

ކައުންސިލިންގ ދާއިރާ

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކައުންސެލިންގ ޕްރޮގުރާމްތައް ރޭވުމާއި، އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތައް ބެލެހެއްޓުން.

2- ކައުންސެލިންގ   ބޭނުންވާ   ދަރިވަރުން   ފާހަގަކޮށް،   އެ   ދަރިވަރުންނަށް   ކައުންސެލިން   ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

3- ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުކޮށްދިނުން.     

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/2،000 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، ސަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ކެޔޮދޫ ސްކޫލުގައެވެ.   

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް  www.csc.gov.mv  އިން  ޑައުންލޯޑް  ކުރެވެން  ވެސް  ހުންނާނެއެވެ.  އަދި  މި  ސްކޫލުގެ އޮފީހުންވެސް މި ފޯމް ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ކެޔޮދޫ  ސްކޫލުގެ  އޮފީހަށެވެ.  ފޯމާއި  ތަކެތި  ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ 6700804 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

13 ޖުމާދުލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ