މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

01

ތަޢުލީމާއި ތަޖުރިބާ:

1- އިކޮނޮމިކް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ،

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅުތެރޭގައި ހިންގަން ހަމަޖެހޭ ޕްރޮޖްކެޓްތައް އަތޮޅުތެރޭގައި އިޢުލާންކުރުމާއި، ބިޑުތައް ބަލައިގަތުން
  2. ބިޑްތައް އިވެލުއޭޓްކުރަން ބިޑް އިވެލުއޭޓިންގ ކޮމިޓީއަށް ފޮނުވުން
  3. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރުމުގެ އެންމެހާ ކަންތައްތައް ކުރުން
  4. ޕްރޮޖެކްޓްތަކާ ގުޅިގެން ހުށަހެޅޭ ބިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން
  5. އަތޮޅު ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ޕްރޮޖެކްޓް ޕްރޮޕޯޒަލް ހެދުމާއި ފަންޑް ހޯދުމުގެ އިދާރީ މަސައްކަތް ކުރުން
  6. ދުވެލި ޕްރޮގްރާމުގެ ތެރެއިން ކަނޑު ދަތުރުތައް އިންތިޒާމުކުރުމާއި، ފޮނުވަންޖެހޭ ކޯޓޭޝަންތައް ތައްޔާރުކޮށް ފޮނުވުން
  7. ދުވެލި ޕްރޮގްރާމްގެ ތެރެއިންކުރާ ކަނޑާއި އެއްގަމުގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ ހޯދުމާއި ދަތުރަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައި ހަމަކުރުން
  8. ދުވެލި ޕްރޮގްރާމްގެ ތެރެއިން ދަތުރުތައް ކުރުމަށްޓަަކައި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން
  9. ދުވެލި ޕްރޮގްރާމުގެ އާމްދަނީއާއި ޚަރަދުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކުރުން
  10. ދުވެލި ޕްރޮގްރާމުގެ ތެރެއިން ކުރާ ދަތުރުތަކުގެ ދަތުރުލޮގް ކޮންމެ މަހެއް ނިމުމުން ޗެކްކޮށް ބެލެހެއްޓުން
  11. ކޮންމެ 4 މަހަކުން ދުވެލި ޕްރޮގްރާމުގެ ތެރެއިން ކުރާ ދަތުރުތަކުގެ ލިބޭފައިސާއާއި ހިނގިޚަރަދު އެނގޭނެހެން ރިޕޯޓު ތައްޔާރުކޮށް ޖެހިގެން އަންނަ މަހުގެ 10 ގެ ކުރިން ކައުންސިލަށް ހުށަހެޅުން
  12. ދުވެލި ޕްރޮގްރާމުގެ ތެރެއިންކުރާ ދަތުރުތަކަށް ބިލް ފޮނުވަންޖެހޭ ފަރާތްތަކަށް ބިލް ފޮނުވުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ބިލްތަކަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  13. މައްސަލަ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއް ކަމުގައިވުން

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން

4- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއް ކަމުގައިވުން

5- އިނގިރޭސިފެންވަރު ރަނގަޅު މީހެއް ކަމުގައިވުން

6- ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: 

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

2016 މާރިޗު 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން ށ.އަތޮޅުކައުންސިލްގެ އިދާރާއަށެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540025 ނަންބަރު ފޯނާއެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ