ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު

މަޤާމުގެ ނަންބަރު: D/22/2016/9-ފ188

ގިންތި:    ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:       އެސް. އެސް.1

ސެކްޝަން:   އެޑްމިނިސްޓްރޭޓިވް ސެކްޝަން، ވަށަފަރު މަދަރުސާ

މަސައްކަތްކުރަންޖެހޭތަން: ވަށަފަރު މަދަރުސާ، ހއ. ވަށަފަރު

މަޤާމު އޮތް އޮފީސް: ވަށަފަރު މަދަރުސާ، ހއ. ވަށަފަރު

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:  -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް: އިތުރުގަޑީގައާއި ބަންދު ދުވަހު މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި، މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައްވެސް ލިބިލައްވާނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސްކޫލުގެ ގޯތިތެރެއާއި ގުޅިފައިވާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

ސްކޫލުގެ އިމާރާތްތަކާއި ކްލާސްރޫމްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން. 

ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ، އެ ޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން.

އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  • އުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

ހ- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ-  ވަޒީފާއަށް  އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު )

ރ- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ).

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން  އަންގައިދޭ ކާޑުގެ ދެފުށުގެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ).

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި: 

މި މަޤާމުތަކަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 މާރިޗު 01 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު:

މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 1 ން 2016 މާރިޗު 10 އާ ދެމެދު ތާރީޚެއްގައި ވަށަފަރު މަދަރުސާގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވަށަފަރު މަދަރުސާގެ ނަންބަރު 6500538 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ