ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ވަށަފަރު މަދަރުސާ

މަޤާމުގެ ނަންބަރު:

D/22/2016/9-ފ188

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް ސެކްޝަން

ވަޒީފާ އޮތް އޮފީސް:

 ވަށަފަރު މަދަރުސާ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އިންޓަރހައުސް ކުޅިވަރު މުބާރާތްތަކާއި، ކުދިންނަށް ބޭއްވޭ ތަފާތު ޙަރަކާތްތަކާއި، ބޭނުންވެދާނޭ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމުކުރުން.

2. ހެލްތުރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3. ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން ކުރިޔަށް ގެންދިޔުން.

4. ކޮންމެ ދުވަހަކުވެސް، ސްކޫލުގެ ފާޚާނާތަކާއި، ބޯފެނުގެ ނިޒާމާއި، ސްކޫލުގެ މާޙައުލުގެ ސާފުތާހިރުކަން ކަށަވަރުކޮށް، ފިޔަވަޅެއް އަޅަންޖެހޭނަމަ، ވެރިޔާއަށް އެކަން އެންގުން.

5. ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑުތައް ބެލެހެއްޓުން.

6. ހެލްތުރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

7. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާންމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މައްސަލަތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

8. ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

9. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.

10. ކުރިޔަށްއޮތް އަހަރު ސްކޫލުގެ ހެލްތު ޕްރޮގްރާމް ހިންގާނޭގޮތުގެ ތާވަލު ތައްޔާރުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.

11. މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މި މަދަރުސާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 މާރިޗު 01 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވަށަފަރު މަދަރުސާއަށް

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

ހ- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ-  ވަޒީފާއަށް  އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު )

ރ- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ).

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން  އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ).

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  • އުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

އިންޓަރވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500538 ނަންބަރު ފޯނާއެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ