ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސުކޫލުން 9 ފެބުރުވަރީ 2016 ގައި ކުރި، GS-131/2016/04 ނަންބަރުގެ އިޢުލާނުގައި ކުށެއް ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށްފައި، އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ޕްރިންޓަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް، ގްރޭޑް 3

މުސާރަ: މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ކިހާދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ކިހާދޫ ސުކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.

- ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.

- ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކޮށް ބެލެހެއްޓުން.

- ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި ދެލިފަދަ ތަކެތި ދުރާލައި ހޯދުން.

- ޕްރިންޓިންގ ރޫމް ސާފުކުރުވައި، ތަރުތީބުކޮށް، ބެލެހެއްޓުން.

- ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކޮށް ބައިންޑްކުރުން.

މަޤާމުގެ ޝަރުޠު:

- މަގާމަށް ބޭނުންވާ ތަމްރީން / ލައިސަންސެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- އިންޓަވިއު.

އިންޓަވިއު ކުރުން:

ހ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 2016 މާރިޗު 2 އާއި 3 އާ ދެދުވަހުގެ ތެރޭގައި ކިހާދޫ ސުކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސުކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 1 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ  6600017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ