ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އޭޖެންސީ އާއި ކޮލޮމްބޯ ޕްލޭނާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމް (ޔޫ.ޕީ.ސީ) ގެ ނެޝަނަލް ޓްރެއިންގ އޮފް ޓްރެއިނާޒް ދެވަނަ ސައިކަލްގެ ބައިވެރިންނަށް ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއަވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

29 ފެބުރުވަރީ 2016

ހޯމަ

10:00 (ހެނދުނު)

އަންދާސީހިސާބު ހުށަހެޅުއްވުން

03 މާރިޗު 2016

ބުރާސްފަތި

10:00 (ހެނދުނު)

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ