ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު އަވަށުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް

އިޢުލާން

ފުނާޑު އަވަށުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް

ފުނާޑު އަވަށުގައި 30 މަގުބައްތި ޖެހުމަށްޓަކައި މަގުކޮނެ، ކޭބަލް ވަޅުލައި އަދި މަގުބައްތިތައް ތައްޔާރުކޮށް ޖެހުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ ނަމޫނާއާ އެއްގޮތްވާ ގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

12 ޖުމާދަލްއޫލާ 1437    

21 ފެބުރުވަރީ 2016
ހޯދާ