ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓޭންކް ބަނުމަށް

އިޢުލާން

ފ. ނިލަންދޫ ރައްޔިތުންގެ ތެޔޮސެންޓަރުގައި ޕެޓްރޯލުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް ބޭނުންވާ 02 ޓޭންކް ބަނުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2015/71-ފ374 (14 ޑިސެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އެކަމަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އިޢުލާނުކުރީމެވެ.

ފ. ނިލަންދޫ ރައްޔިތުންގެ ތެޔޮސެންޓަރަށް 7000 ލީޓަރުގެ 02 ޓޭންކް ބަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މާރިޗު 03 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ރައްޔިތުންގެ ތެޔޮސެންޓަރަށް ބޭނުންވާ 02 ޓޭންކް ބަނދެދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށްޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތައް ނޫން އެހެންފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. ކުންފުންޏަކުން އަންދާސީހިސާބު ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީއާއި މަސައްކަތުގައި ޙަރާކާތްތެރިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

13 ޖުމާދަލްޢޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ