މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލައިދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުން

ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމަށް 26 ޖަނަވަރީ 2016 މި ތާރީޚުގައި ކުރި ނަންބަރު 23-E/23/2016/2 އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެ މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2016 މި ތާރީޚުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 މާރިޗު 21 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަސައްކަތާއި ޒިންމާތައް:

1- ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބޭނުންވާ މަޢުލޫމާތާއި ޓެކްނިކަލް އެހީ ކަމާބެހޭ ފަރާތްތަކުން ހޯދައި، ގަވާއިދުތަކާއި އުސޫލުތައް ލިޔެ ފައިނަލް ޑްރާފްޓް މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ހިއްސާކުރެއްވުމަށްފަހު ލިބިލައްވާ ޚިޔާލު (ކޮމެންޓް) ތަކާއެކު ފައިނަލް ކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލަކަށް ވުން ނުވަތަ އެފަދަ ވަކީލުން މަސައްކަތް ކުރާ ލޯ ފާރމަކަށް ވުން.  
  • ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ޓީމުގައި ނުވަތަ ފާރމުގައި ހިމެނުން.
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް ނަރސިންގް އެންޑް މިޑްވައިފަރީ ކައުންސިލް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ޞިއްޙީ ޚިދުމަތްތެރިއެއް ޓީމުގައި ނުވަތަ ލޯ ފާރމުގައި މަސައްކަތް ކުރުމަށް ހިމެނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާނެ ގޮތުގެ ޕްރޮޕޯސަލް ޓައިމް ލައިނާއެކު ހުށަހެޅުން.
  • ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާ ފަރާތްތަކުގެ ސީވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާ ފަރާތްތަކުގެ އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިނިސްޓްރީ އޮފް ހެލްތުގެ ފޯން: 3014426

15 ޖުމާދަލްއޫލާ 1437
24 ފެބުރުވަރީ 2016
ހޯދާ