މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން)

އިޢުލާން

އެމްޓީސީސީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (ނަންބަރު: MTCC-PD/IU/2016/0014) އާ ގުޅިގެން ހާޒިރުވެލައްވާފައި ވަނީ ދެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 1 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް މީޓިން ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 6 މާރިޗު 2016 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

24 ފެބުރުވަރީ 2016
ހޯދާ