ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޖަމާޢަތްތެރިކަމުގެ ކޯހުގެ ޢަމަލީ ތަމްރީނާބެހޭ އިންސްޓްރަކްޓަރެއް ހޯދުމަށް

އިޢުލާން

މަރުކަޒުން ހިންގާ ޖަމާޢަތްތެރިކަމުގެ ކޯހަށް ޢަމަލީ ތަމްރީނާބެހޭ އިންސްޓްރަކްޓަރެއް ބޭނުންވެއެވެ.

ބޭނުންވާ އަދަދު:      1   

ޝަރުޠު:           

1- ޖަމާޢަތްތެރިކަމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

2- މި ދާއިރާއާ ގުޅޭ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސެޓުފިކެޓެއް އޮތުން.

މުސާރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު: ކޮންޓްރެކްޓް އުސޫލުން އެގްރިމެންޓް ކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 01 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1437

24 ފެބުރުވަރީ 2016
ހޯދާ