ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލަށް ސްޓޭޝަނަރީސް ހޯދަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ސްޓޭޝަނަރީސް ހޯދުމަށް ކުރި ނަންބަރު RS/IUL/2016/09 (03.02.2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި ސްކޫލަށް ސްޓޭޝަނަރީސް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 16 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ