ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލްގެ ވެބްސައިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުންދޭ އިރުޝާދާ އެއްގޮތަށް ސްކޫލްގެ ވެބްސައިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)RS/1/2016/1009 (2016 ފެބުރުވަރީ 08) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ