ދިވެހިރާއްޖެ
އިޢުލާން
29 އޮކްޓޫބަރު 2014 މި ތާރީޚުގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ "ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" (ނަންބަރު:2014/R-380) އަށް 29 އޭޕްރިލް 2015 މި ތާރީޚުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. އަދި މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދެމުން ގެންދާ ތަންތަން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް 29 ޖަނަވަރީ 2016 މި ތާރީޚާ ހަމަޔަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 29 ޖަނަވަރީ 2016 މި ތާރީޚުގެ ކުރިން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެންޓީން، ބަދިގެ ފަދަ ތަންތަން މާލޭ ސަރަހައްދުގައިނަމަ ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި، އަތޮޅު ތެރޭގައިނަމަ އަތޮޅު ހޮސްޕިޓަލް ނުވަތަ އެ ރަށެއްގެ ޞިއްޙީ މަރުކަޒު މެދުވެރިކޮށް ރަޖިސްޓަރީކޮށް "ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ" ނެންގެވުމަށް ވަނީ އެންގިފައެވެ.
ވީމާ، މި މުއްދަތުގެ ފަހުން ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ނުކޮށް ހިންގާ ތަންތަން ގަވާއިދުގައި ބަޔާންކުރެވިފައިވާ ފަދައިން ބަންދުކުރެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން މިފަދަ ތަންތަން ހުއްދައާ ނުލައި ހިންގި މުއްދަތަށް ބަލައި ގަވާއިދުގެ 25 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން -/5000 (ފަސް ހާސް) ރުފިޔާއާއި -/10,000 (ދިހަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކާއި ޖޫރިމަނާ ކުރުމުގައި މި އެޖެންސީން ކަނޑައަޅާ އުސޫލު އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ގަވާއިދާ ޚިލާފުވުމުން ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު
# |
ގަވާއިދާ ޚިލާފުވާ ކަންތައްތައް |
ޖޫރިމަނާ ކުރެވޭ އަދަދު |
||
ފުރަތަމަ ފަހަރު |
ތަކުރާރު ވުން |
މަތީ އަދަދު |
||
1 |
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދަރަޖަ ކުރެވޭ ތަނަކަށް ދެވިފައިވާ ދަރަޖަ ފެންނަގޮތަށް ހަރުކޮށްފައި ނެތުން |
1000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
2 |
ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށްފަހު އެތަނުގައި ބެހެއްޓޭ "ބަންދު ނޯޓިސް" އެ ތަނަކަށް އަލުން ހުއްދަ ނުލިބެނީސް ނެގުން ނުވަތަ ހަލާކުކުރުން ނުވަތަ އާންމުންނަށް ނުފެންނަ ގޮތަށް ނިވާކޮށްފައި ބެހެއްޓުން |
-/5000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
3 |
ތަނެއް އިޞްލާޙުކުރަން ދެވޭ މުއްދަތުގައި މި ގަވާއިދާ ޚިލާފުވި ކަމެއް ރަނގަޅު ނުކުރުން |
-/5000 ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
4 |
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުވަތަ އޭޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުން |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
5 |
ކާބޯތަކެތީގެ ޚިދުމަތްދިނުމުގެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، ހުއްދަ އާނުކޮށް ހިންގައިފިނަމަ އެތަނެއް ބަންދުކުރެވޭނެ، އަދި ހުއްދައާ ނުލައި ހިންގި މުއްދަތަށް ބަލައި ކުރެވޭ ޖޫރިމަނާ (ފާއިތުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ) |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
6 |
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުވަތަ އޭޖެންސީން ކަނޑައަޅާ ފަރާތަކުން ކާބޯތަކެތި ތައްޔާރުކޮށް އުފައްދާ ވިއްކާ ތަނެއް ބަންދުކުރުމަށްފަހު އަލުން ހުއްދަ ނުދެނީސް ހިންގުން |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
7 |
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ލިސްޓު ކޮށްފައިވާ (މެޑިކަލް އެގްޒާމިނޭޝަން ފޯރ ފުޑް ހޭންޑްލާސް ފޯމު) ބައްޔެއް ހުރި ނުވަތަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު ކާބޯތަކެތީގެ ޚިދުމަތް ދޭ އެއްވެސް ތަނެއްގެ ވަޒީފާގައި ގެންގުޅޭ ކަން ސާބިތުވެއްޖެ ނަމަ ކުރެވޭ ޖޫރިމަނާ |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
8 |
މީހަކު ކުރާ ކަމެއްގެ ސަބަބުން، ނުވަތަ ކެމިކަލެއް ވާސިލުވެގެން، ނުވަތަ އެނޫންވެސް ގޮތަކުން އެތާނގައި ތައްޔާރުކުރެވޭ ކާނާ ނަޖިސްވެދާނެ ނުވަތަ ނުތާހިރުވެދާނެ އެއްވެސް ކަމެއް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި ދިމާވެއްޖެ ނަމަ ކުރެވޭ ޖޫރިމަނާ |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
9 |
ކުނިވެފައިވާ ކާނާއާއި ދުވަސް ހަމަވެފައިވާ ކާނާއާއި ރަހަ ނުބައިވެފައިވާ ކާނާއާއި ވިހަވެފައިވާ ކާނާއާއި ގަޑުބަޑުކޮށްފައިވާ ކާނާ އެއްވެސް ފަރާތަކުން ވިއްކައިފި ނަމަ ކުރެވޭ ޖޫރިމަނާ. |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
10 |
ގަސްދުގައި މީހަކު ކުރާ ކަމެއްގެ ސަބަބުން ތަނެއްގައި ތައްޔާރުކުރެވޭ ކާނާ ވިހަވެފައި، ނުވަތަ ނަޖިސްވެފައި، ނުވަތަ ނުތާހިރުވެފައި، ނުވަތަ ގަޑުބަޑުވެފައި، ހުއްޓާ އެފަދަ އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ދީގެން ނުވަތަ ވިއްކައިގެން ނުވާނެ، މިފަދަ ކަމެއް ކޮށްފިނަމަ ކުރެވޭ ޖޫރިމަނާ |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
11 |
ޚިދުމަތް ލިބިގަންނަ ފަރާތަށް ޚިދުމަތުގެ ނުވަތަ ކާބޯތަކެތީގެ ފެންވަރު އޮޅުވާލުމުގެ ނިޔަތުގައި ގަސްދުގައި ކުރާ ޢަމަލެއް ބެލެވޭނީ މި ގަވާއިދުގެ ދަށުން ކުށެއްކަމުގައެވެ. މިފަދަ ކުށެއް ކޮއްފިނަމަ ކުރެވޭ ޖޫރިމަނާ. |
5000/- ރުފިޔާ |
ތަކުރާރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާ އިތުރުވާނެއެވެ. |
10,000/- ރުފިޔާ |
15 ޖުމާދަލްއޫލާ 1437