ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުން ސްޕޯޓްސް ސުޕަވައިޒަރެއް ހޯދުމަށް ކުރި އިޢުލާނު ނަންބަރު HS/2016/01 ގައި ކުށެއް އޮތުމުން، އެ އިޢުލާނު ބާޠިލުކޮށް، ސްޕޯޓްސް ސުޕަވައިޒަރުކަމުގެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމުގެ ނަން: ލައިބްރޭރިއަން                             މަޤާމް އޮތް އޮފީސް: ހިރިޔާ ސްކޫލް  

މުސާރަ: -/6،295 ރުފިޔާ                               ސަރވިސް އެލަވަންސް: -/2،000 ރުފިޔާ  

ބޭނުންވާ އަދަދު: 3 (ތިނެއް)                             ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެކަޑަމިކް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހިރިޔާ ސްކޫލް، ކ. މާލެ                 މަޤާމުގެ ރޭންކް: އެމް. އެސް. 2  

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2          

ދާއިރާ: ލައިބްރަރީއާ ގުޅޭ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާ        

މަޤާމުގެ ޝަރުޠު:  

  1. މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ މާޙައުލަކަށް ހެދުން.

2. ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

3. ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން.

4. ކޮންމެ ހަފުތާއެއް ނިމޭއިރު، އެ ހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގަވައިދުގެމަތިން ޢަމަލުކުރުން.

5. ލައިބްރަރީއަށް ހޯދަންޖެހޭ ތަކެތި، ވެރިންގެ ހުއްދައާއެކު ހޯދުން.

6. ލައިބްރަރީއަށް ގެނެވޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތެއްގައި އެންޓްރީކުރުން.

7. ލައިބްރަރީގެ ޚިދުމަތް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

8. ލައިބްރަރީގައި ހުންނަ ފޮތާއި، ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރެޖިސްޓްރީ ބެލެހެއްޓުން.

9. ލައިބްރަރީއަށް ބޭނުންވާ ފޮތް ފަދަ ތަކެތީގެ ކޯޓޭޝަން ހޯދުން.

10. ލައިބްރަރީ ހުޅުވަން ހަމަޖެހިފައިވާ ގަޑިއަށް ހުޅުވުމާއި، ސެޝަން ނިމުމުން ބަންދުކުރުން.

11. ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން.

12. ލައިބްރަރީ ފޮތްތައް ދޫކުރަން ގަވައިދެއް ހަދައި، މި ގަވައިދުގެދަށުން ދަރިވަރުންނާ މުވައްޒަފުންނަށް ފޮތް ދޫކުރުން.

12. ދަރިވަރުންނާއި މުވައްޒަފުންނަށް ލައިބްރަރީން ދޫކުރެވޭ ތަކެތި އަނބުރާ ގެނޭތޯ ޗެކްކޮށް ގެނައުމުން، އެ ތަކެތި ބަލައިގަތުމުގެ އިންތިޒާމެއް ހަމަޖެއްސުން.

13. ލައިބްރަރީއަށް ގަންނަން ބޭނުންވާ ފޮތުގެ ލިސްޓެއް ހަދައި، ހަވާލުވެހުންނަވާ ޑެޕިއުޓީ ޕްރިންސިޕަލާ މަޝްވަރާކޮށް، ބަޖެޓް ސެކްޝަނާ ގުޅިގެން މިކަން ކުރިއަށްގެންދިއުން.

14. ލައިބްރަރީއަށް ގަނެވޭ ފޮތްތަކުގައި ސެލޯފޭންލައި، ފޮތްތައް ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން.

15. ދަރިވަރުންނަށް ލައިބްރަރީ ޕްރޮގްރާމްތައް ހިންގުން.

16. ދިރާސީ އަހަރު ނިމުމުގެ ކުރިން ލައިބްރަރީގެ އެންމެހައި ކަންތައްތަކާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، ލައިބްރަރީގެ ކަންތައްތައް ބަލަހައްޓަވާ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުށަހެޅުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ހިރިޔާ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ