ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

 އިޢުލާން

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސެކިއުރިޓީ އޮފިސަރ ގރ. 1

ވަޒީފާގެ ބާވަތް: ކޮންޓްރެކް (1 އަހަރު)

އަދަދު:01 

އަސާސީ މުސާރަ: -/3930ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އިން ކަނޑައަޅާ ތަނެއްގައި

 އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެ.

* ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެ.

 މަޤާމުގެ މަސްއޫލިއްޔަތު:

* ޑިޕާޓްމަންޓުން ހަމަޖައްސާ ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުން

 ތަޢުލީމާއި ތަޖުރިބާ:

* ގުރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.

* އުމުރުން 18- 45 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން އަދި ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

* ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

-  މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ފެބުރުވަރީ 2016 ވާ އާާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

-  އެޕްލިކޭޝަންފޯމު މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.                    

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.

  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށެވެ.

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު/ މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑު އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344272    ފެކްސް:  3344041    ވެބްސައިޓް: www.sto.mv

 14 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ