މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ

ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ

ކީ ސްޓޭޖް 2 ގެ ސިލަބަސް ޗާޕުކުރުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/8 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެއްފަރާތުން ބިޑުފޯމު ފުރިހަމަ ކޮށްފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

5000 ފޮތް ޗާޕުކުރުން (ގްރޭޑް 6،5،4) އިސްލާމް

5000 ފޮތް ޗާޕުކުރުން (ގްރޭޑް 6،5،4) ޤުރުއާން   

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަ ފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.                                

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 14:00 އަށް

2016 މާރިޗު 03 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

23 ފެބުރުވަރީ 2016
ހޯދާ