މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި 100 ފޫޓް ދިގު އަދި 08 ފޫޓް އުސްމިނުގެ ފާރެއް، ރާނައި ސިމެންތި ޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދުން

މި ސަރވިސްގެ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި 100 ފޫޓު ދިގު އަދި 08 ފޫޓު އުސްމިނުގެ ފާރެއް، ރާނައި ސިމެންތި ޖަހައި ކުލަލުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100 ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 01 ވާ އަންގާރަ ދުވަހުގެ 11:00ގައި، އިސްކަންދަރު ބިލްޑިންގ އަދި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 14:00  ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް އަދި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 ގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައި ގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

 

23 ފެބުރުވަރީ 2016
ހޯދާ