ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ކުނި އުކާލުން

އިޢުލާން

މި ސްކޫލްގައި އުފެދޭ ކުނި އުކާލަން ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު (IUL)GZS/2016/4 ވަނަ އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

ކުނި އުކާލަދޭނެ ފަރާތެއް ބޭނުންވެއްޖެ

ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ކުނި އުކައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށް 2 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުން 8 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި ސްކޫލްގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

23 ފެބުރުވަރީ 2016
ހޯދާ