މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

          ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ޖިމް އިންސްޓްރަކްޓަރ (ކޮންޓްރެކްޓް)

މުސާރަ:  -/2250 ރުފިޔާ ( ޖިމް އިންސްޓްރެކްޓަރުކަމުގެ ސެޓުފިކެޓު އޮތްނަމަ)

މުސާރަ:  -/1500 ރުފިޔާ ( ޖިމް އިންސްޓްރެކްޓަރުކަމުގެ ސެޓުފިކެޓު ނެތް ނަމަ)

މަސައްކަތް ކުރަންޖެހޭ ތަން:  ވިލިމާލޭ ޒުވާނުންގެ މަރުކަޒު / ވިލިނގިލީ އަވަށް

ބޭނުންވާ އަދަދު: 2

މުއްދަތު: 01 މާރިޗު 2016ން  31 ޑިސެންބަރު 2016 އަށް

ޝަރުޠު: ޖިމް އިންސްޓްރެކްޓަރުކަމުގެ ސެޓުފިކެޓު އޮތުން ނުވަތަ މަދުވެގެން  6 މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޖިމް ކްލާސްތަކުގެ މެމްބަރުންނަށް ޕްރޮގްރާމް ހިންގުން

- ކްލާހުގެ ހާޒިރީ ބެލެހެއްޓުން

- ކްލާސްތައް ނަގައިދިނުން.

ނޯޓު:  ސެޓުފިކެޓު އޮތުމާއެކު 6 މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު)
  • ސުންގަޑި: 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޒުވާނުންގެ މަރުކަޒު (އެމް. ސީ، އެސް. އީ) ބިލްޑިންގަށް ސިޓީއާއެކު ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ 3323860، 3313912

                  12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ