ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ވިލިމާލެ ފާމަސީއަށް ފާމަސިސްޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސިސްޓް
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް އެއް އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ފާމަސިސްޓް

އަދަދު: 1

އަސާސީ މުސާރަ: -/4350ރ އާއި -/5100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ވިލިމާލެ ފާމަސީ

އެހެނިހެން ޢިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަމަޖައްސައިދެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދެވޭނެ. 

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބޭހުގެ ތަފުސީލާއި، އަދި ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބޭސް ދޫކުރުން
  • ހަރުގަނޑުތަކުގައި ބޭސް އެތުރުން
  • ޑިޕާޓްމަންޓުގެ ގަވައިދުތަކާ އެއްގޮތަށް ފާމަސީގެ ލިޔެކިޔުންތައް ތައްޔާރުކުރުން
  • މުއްދަތުހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

ތަޢުލީމާއި ތަޖުރިބާ

  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން.
  • ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް).
  • ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވުން.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 24 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected] 

8 ޖުމާދަލްއޫލާ 1437

 

17 ފެބުރުވަރީ 2016
ހޯދާ