މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

އިޢުލާން

މަޤާމު :

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

01

މުސާރަ :

  1. 4401.00 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. -/1890 ރުފިޔާ (އެއް ހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު :

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްއިން އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ގްރޭޑް 8ގެ ފެންވަރު ހުރުމާއި އެކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

މަސައްކަތުގެ ދާއިރާ :

ހިއުމަން ރިސޯރސަސް، އެޑްމިނިސްޓްރޭޓިވް ދާއިރާއާ ގުޅޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަން ޖެހޭނެއެވެ.)

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 2016 ފެބުރުވަރީ 28 ވާ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273

ފެކްސް: 3321559

 

21 ޖަނަވަރީ 2016
ހޯދާ