ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:                      އިނގިރޭސި ޓީޗަރ (ސީ.ޕީ.އީ)               ބޭނުންވާ އަދަދު: 2

މަޤާމު:                      މެކޭނިކްސް ޓީޗަރ                     ބޭނުންވާ އަދަދު: 1     

ވަޒީފާ އޮތް އޮފީސް:             ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ގިންތި:                      ކޮންޓްރެކްޓް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:    ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ ސިލަބަސް ނިންމުން

2. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރު ގަޑި ނަގައިދިނުން

3. ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން

4. ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަންޕްލޭން ތައްޔާރުކޮށް ހެޑް އޮފް ޑިޕާޓްމަންޓްގެ ސޮއި ހޯދުން. އަދި ލެސަންޕްލޭންތަކާއި ކިޔަވައިދިން ފިލާވަޅުތަކުގެ ރިކޯޑު ބެލެހެއްޓުން

5. މާއްދާއާ ގުޅޭ ގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވައި ދަރިވަރުންނަށް ތަޖްރިބާ ހޯދައިދިނުން

6. ހަމަޖެހިފައިވާ ރަސްމީ ގަޑީގެ ތެރެއިން ކްލާސް ނަގާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ކުދީންގެ ފޮތްތައް މާކުކޮށް ލެސަން ނޯޓުތައް ތައްޔާރުކޮށް ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުން

7. ދަރިވަރުންގެ އެންމެހައި ރިކޯޑުތައް ބަލަހައްޓައި އެކަމުގެ ޒިންމާ ނެގުން. (މީގެތެރޭގައި ދަރިވަރުންގެ ހާޒިރީ، ދަރިވަރުންކޮށްފައި މަސައްކަތްތަކުގެ ރިކޯޑުތައް، ދަރިވަރުންގެ މާކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރިކޯޑުތައް ހިމެނެއެވެ.)

8. ކޮންމެ ސެމެސްޓަރއެއް ނިމޭއިރު އެ ޓީޗަރަކު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިފޯޓެއް ތައްޔާރުކުރުމަށް ފަހު އެ ޓީޗަރެއްގެ ސުޕަރވައިޒަރަށް ހުށަހެޅުން

9. ހެޑް އޮފް ޑިޕާޓްމަންޓްގެ އިރުޝާދުގެ ދަށުން ޔުނިޓު ޓެސްޓް ޕޭޕަރ އަދި ސެމެސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު ހީރަސް ޖެހުންް އަދި ޔުނިޓް ޓެސްޓުތަކާއި ސެމެސްޓަރ ޓެސްޓުތައް ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރު ވުން

10. މެއި/ޖޫން އެޑެކްސެލް އިމްތިޙާން ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރު ވުން

11. ކޮންމެ ސެމިސްޓަރއެއް ނިމުމުން ދަރިވަރުންގެ ރިޕޯޓު ތައްޔާރު ކުރުން އަދި އެކަމާ ގުޅޭ ހުރިހާކަމެއް ކުރުން.

ޝަރުޠު:  

މަގާމް ނަން ކްލެސިފިކޭޝަން ސިވިލްސަރވިސް ރޭންކް އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ ސްކޫލް ޓީޗަރސް CS15-5 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެންޓީޗަރު ކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440.00

2,500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

މަޤާމު:                      ހިސްޓްރީ ޓީޗަރ                 ބޭނުންވާ އަދަދު: 1

ވަޒީފާއޮތް އޮފީސް:              ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ގިންތި:                      ރިލީފް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ ސިލަބަސް ނިންމުން

2. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރު ގަޑި ނަގައިދިނުން

3. ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން

4. ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަން ޕްލޭން ތައްޔާރުކޮށް ހެޑް އޮފް ޑިޕާޓްމަންޓްގެ ސޮއި ހޯދުން. އަދި ލެސަންޕްލޭންތަކާއި ކިޔަވައިދިން ފިލާވަޅުތަކުގެ ރިކޯޑު ބެލެހެއްޓުން

5. މާއްދާއާ ގުޅޭ ގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވައި ދަރިވަރުންނަށް ތަޖުރިބާ ހޯދައިދިނުން.

6. ހަމަޖެހިފައިވާ ރަސްމީގަޑީގެ ތެރެއިން ކްލާސް ނަގާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ކުދީންގެ ފޮތްތައް މާކުކޮށް ލެސަން ނޯޓުތައް ތައްޔާރުކޮށް ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުން

7. ދަރިވަރުންގެ އެންމެހައި ރިކޯޑުތައް ބަލަހައްޓާ އެކަމުގެ ޒިންމާނެގުން. (މީގެތެރޭގައި ދަރިވަރުންގެ ހާޒިރީ، ދަރިވަރުންކޮށްފައި މަސައްކަތްތަކުގެ ރިކޯޑުތައް، ދަރިވަރުންގެ މާރކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރިކޯޑުތައް ހިމެނެއެވެ.)

8. ކޮންމެ ސެމެސްޓަރއެއް ނިމޭއިރު އެޓީޗަރަކު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިފޯޓެއް ތައްޔާރުކުރުމަށް ފަހު އެޓީޗަރެއްގެ ސުޕަރވައިޒަރަށް ހުށަހެޅުން.

9. ހެޑް އޮފް ޑިޕާޓްމަންޓްގެ އިރުޝާދުގެ ދަށުން ޔުނިޓް ޓެސްޓް ޕޭޕަރ އަދި ސެމެސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު ހީރަސް ޖެހުންް އަދި ޔުނިޓް ޓެސްޓްތަކާއި ސެމެސްޓަރ ޓެސްޓްތައް ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ޙާޟިރުވުން

10. މެއި/ޖޫން އެޑެކްސެލް އިމްތިޙާން ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން

11. ކޮންމެ ސެމެސްްޓަރއެއް ނިމުމުން ދަރިވަރުންގެ ރިޕޯޓު ތައްޔާރު ކުރުން އަދި އެކަމާ ގުޅޭ ހުރިހާކަމެއް ކުރުން

ޝަރުޠު

މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވެންސް (މަހަކު)

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500/-ރ

-/1500 ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

-/6090 ރ

/-2500 ރ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-         ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

-         ހަވާލުކުރެވޭ ސުރުޚީއަކަށް ފިލާވަޅެއް ނަންގަވައިދެއްވާ ގޮތް

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު  ހޮވުމަށް އިންޓަރވިއު އޮންނާނީ،07 މާރިޗު  2016އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު  (މި ފޯމު މި ސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު9:30  ން 13:30  އަށް ލިބެން ހުންނާނެއެވެ . އަދި މި ސެންޓަރުގެ ވެބްސައިޓު www.chse.edu.mv އިންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ. 

ށ- ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އޮފީހަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 03 ވަނަ ދުވަހުގެ 13.30 އަށެވެ.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ (ގުޅުންހުރި ދާއިރާއެއްގައި) ވަޒީފާއަދާކޮށްފައިވާ ތަންތަނުން ހުށަހަޅާ ރަސްމީ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ނަންބަރު 3321330 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

21 ފެބުރުވަރީ 2016
ހޯދާ