މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސ. އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2   

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ފައިނޭންސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސްގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4.  އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ކުރިއަށް އޮތް އަހަރު ލަފާކުރާ ބަޖެޓުތައް ދާއިރާގެ ތަންތަނުން މިނިސްޓްރީއަށް ގެނުވައި، ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ބަޖެޓު ތައްޔާރުކުރުން.
  2. ބަޖެޓު ޚަރަދުކުރަނީ ކަނޑައެޅިފައިވާ އެކްޓިވިޓީސްތަކަށްތޯ ބަލައި މަހުންމަހަށް ބަޖެޓު ރިވިއު ކުރުން.
  3. ބަޖެޓާ ގުޅުން ހުރި ޕްލޭނިންގ މަސައްކަތް ކުރުމާއި ބަޖެޓް ޕަރފޯމަންސް ޕްރެޒެންޓޭޝަން ތައްޔާރުކުރުން.
  4. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގެ ސްޕެންޑިންގ ޕްލޭން ތައްޔާރުކުރުން.
  5. ފައިނޭންސް ޔުނިޓުގެ ފަރާތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގައި އެހީތެރިވުން.  
  6. ފައިނޭންސްޝިއަލް ރިޕޯޓު ހެދުމަށް ބޭނުންވާ އެކިއެކި ޚަރަދުގެ ރިޕޯޓާއި ޓްރަސްޓް ފަންޑުގެ ރިޕޯޓުތައް ޗެކުކުރުމާއި ހެދުން     

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފައިސާއާ ބެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި މައިކްރޯ ސޮފްޓް އެކްސެލް ބޭނުންކުރަން އެނގޭ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާ ކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓުތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއުއާއި އިމްތިޙާން ކުރުން 28 ފެބުރުވަރީ 2016 އާއި 31 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
 

09  ޖުމާދަލްއޫލާ 1437

 

 

 

18 ފެބުރުވަރީ 2016
ހޯދާ