އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
02 ކުލަ ޕްރިންޓަރ، 02 ސްކޭނަރ އަދި 01 ޕަވަރ ސަޕްލައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 23 ފެބުރުވަރީ 2016 09:17 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއޮފީހަށް ތިރީގައިވާ ސްޕެސިފިކޭޝަންނާ އެއްގޮތަށް، 02 ކުލަ ޕްރިންޓަރ، 02 ސްކޭނަރ އަދި 01 ޕަވަރ ސަޕްލައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

Item

Color Printer

Quantity:

02

Specification

Printing Method

Color Laser Beam Printing

Print Speed

Simplex: Minimum 30 ppm / Duplex: Minimum 13 ppm

Print resolution

600 x 600 dpi

First Printout Time

Less than10 secs

Print Language

UFRII, PCL5c/6,Postscript3, PDF,XPS

Paper Input

Standard Tray: 500 sheets

 

Multipurpose Tray: 100 sheets

Paper size

Standard Tray A4, Letter, Executive, B5,A5

 

Multipurpose Tray: A4, Letter, Executive, B5,A5, Envelope C5

Paper Type

Plain Paper/ heavy Paper/ Transparency/ Recycled Paper / Label /Envelope

Standard Interface

Wireless 802.11b/g/n, Ethernet, Hi-Speed USB 2.0

Compatible OS

Windows 7, Windows 10

Device Memory

500 MB OR Higher

Operational Panel

 LCD

 

Item:

Scanner

Quantity:

02

Specification

Type

Scanner with Document feeder

Document Feeding

Automatic, Manual, Continuous Manual

Document Size

A4, Letter, Legal Document

Feeder Capacity

Minimum 50 pages

Grayscale      

8 bit

Color

24-bit

Operating Modes

Color, Grayscale, Black & White

Optical Resolution

600 dpi

Output Resolution

150 / 200 / 240 / 300 / 400 / 600 dpi

Scanning Speeds

Minimum 40 ppm

Interface

Hi-Speed USB 2.0

Operating System

Windows 7, Windows 10

Daily Volume

5,000 scan per day

 

Item:

Dell Power Supply

Quantity:

01

Specification

Dell Part Number

X404H

Model:

Power Edge 2950

އިތުރު މަޢުލޫމާތު

  1. އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންވާނީ ކޮންމެ އައިޓަމެއް ވަކިންނެވެ.
  2. އަގު ހުށަހަޅާ ފަރާތުން ވިއްކަން ގަސްދުކުރާ ތަކެތީގެ ސްޕެސިފިކޭޝަނާއި، ބްރޭންޑް އަދި މޮޑެލް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނުވަތަ ލޯކަލް އިންވެސްޓްމެންޓެއް ނަމަ، ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަގު ހުށަހަޅާ ފަރާތްތަކުން އިމްޕޯޓް މުދާ ވިއްކުމުގެ ލައިސަންސްގެ ކޮޕީއަކާއި، ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  4. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ''ގަވާއިދުން ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އަންގައިދޭ ލިޔުން'' ވެސް ހުށަހަޅުއްވަންވާނެއެވެ.
  5. މިއޮފީހަށް އެއްވެސް ޖިނާއީ މައްސަލައެއް ހުށަހެޅި އަދި ހިނގަމުންދާ ފަރާތެއް ނުވަތަ އެފަރާތެއް ޙިއްޞާވާ ކުންފުންޏެއް/ ލޯކަލް އިންވެސްޓްމަންޓަކުން އަންދާސީހިސާބު ހުށަހަޅައިފައިވާނަމަ، އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
  6. ކަނޑައަޅާފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނުގެ ތަކެތީގެ ހުށަހެޅުންތަކަށް އިވޭލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
  7. ތަކެތި ގެނެސްދެވޭނެ މުއްދަތު ކަމަށް ޖަހަންވާނީ ބިޑްކުރެވޭ ތަކެތި އެއްފަހަރާ ސަޕްލައިކޮށްދެވޭނެ މުއްދަތެކެވެ. ސަޕްލައިކުރާ ތަކެތި މިއޮފީހަށް ބަލައިގަންނާނީ ސަޕްލައިކުރުމަށް ކަނޑައެޅޭ ޖުމުލަތަކެތި އެއްކޮށް ސަޕްލައިކޮށްދިނުމުން އެކަންޏެވެ.
  8. 2014 ޖަނަވަރީމަހުން ފެށިގެން މިފަދަ ތަކެތި ސަޕްލައިކޮށްދިންކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ ހަމައެކަނި މިފަދަ ލިޔުންތަކަށެވެ.
  1. މަސައްކަތް ހަވާލުކުރުމަށް ފަރާތެއް ހޮވުމަށް ޕޮއިންޓް ދެވޭނެގޮތް:
  • 70 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް ތަޖުރިބާއަށް (ތަޖުރިބާގެ ގޮތުގައި ބެލެވޭނީ މިފަދަ ތަކެތި ވިއްކިކަމަށް ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދީފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ ލިޔުން ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ސްޕެސިފިކޭޝަނަށް (ސްޕެސިފިކޭޝަނަށް މާކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ސްޕެސިފިކޭޝަނަކީ، މިއޮފީހުން ދީފައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާވެ، އެއަށްވުރެ ރަނގަޅު ކޮންމެ ކޮމްޕޮނެންޓަކަށް މާކްސް ދީގެންނެވެ.
  • 05 ޕޮއިންޓް ވޮރެންޓީއަށް (އެންމެ ދިގު މުއްދަތަކަށް ދޭ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް، މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއޮފީހުގެ 3003295، 3003296 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ