ކެންދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

އެކްޓިވިޓީ ޔުނީފޯމު ފަހައިދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް އެކްޓިވިޓީ ޔުނީފޯމު އަމިއްލަ ތަކެތީގައި ފަހައިދީ، ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

28 ފެބުރުވަރީ 2016 ވާ ( އާދީއްތަ ) ދުވަހުގެ 13:00 އަށް

08 މާރިޗު 2016 ވާ ( އަންގާރަ ) ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ،

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ