ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދޫ 1 ދޯނީގައި ޔަންމާ 6 ސިލިންޑަރ އިންޖީނެއް އެޅުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ހުވަދޫ 1 ދޯނީގައި މިހާރު އަޅާފައިވާ އިންޖީނު ނަގައި، ޔަންމާ 6 ސިލިންޑަރ އިންޖީނެއް އެޅުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިދޯނީގައި އިންޖީނު އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

08 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ