މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށާފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން

އިޢުލާން

ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ވަށާފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން.

އަންދާސީހިސާބު ބޭނުންވެއްޖެ

ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން 03 ފެބުރުވަރީ 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ. ވީމާ، މިދަންނަވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1) ގޯތީގެ ވަށާފާރުގެ ބައެއް ރާނައި އަދި ބައެއް މަރާމާތުކޮށްދިނުން.

2) ގޯތިތެރޭގައި ހިނގާ މަގުތައް ހަދައި ގައު އަތުރައިދިނުން.

3) ގޯތިތެރޭގައި ގަސް އިންދައި ބެޑްތައް ރާނައި ވެލި އަޅައިދިނުން.

4) ދިދަދަނޑީގެ ބުޑާއެކު ދިދަދަނޑި ހަރުކޮށްދިނުން.

5) 3 ގޭޓު ހަދައި ހަރުކޮށްދިނުން.

6) ގާޑް ޕޯސްޓް ހަދައިދިނުން.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ 11:00 އަށް

2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީދުވަސްތަކުގައި ރަސްމީގަޑީގައި 0002 660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ފެބުރުވަރީ 2016
ހޯދާ