ދިވެހިރާއްޖެ
އިޢުލާން
ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ކުރިމަތިލުމާބެހޭ
މި މިނިސްޓްރީގެ ނަންބަރު IUL)141-B/1/2016/04) (11 ޖަނަވަރީ 2016) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ.
މަޤާމު: ކޮމިޝަނަރ އޮފް ސްޕޯޓްސް
މުއްދަތު: 04 އަހަރު
ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ކުރިމަތިލުމުގެ ޝަރުޠުތައް:
ހ. ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.
ށ. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައިވާ ފަރާތެއް ކަމުގައި ނުވުމާއި، ސަރުކާރުގެ އެއްވެސް ސިޔާސީ މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަޤާމެއްގައި އުޅޭ މީހެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިންތިޚާބު ކުރެވޭ އެއްވެސް މަޤާމެއްގައިވާ ފަރާތެއް ކަމުގައި ނުވުން.
ނ. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މެންބަރަކަށް ނުވަތަ ކުޅުންތެރިއަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މަޤާމެއް ފުރަމުންގެންދާ ފަރާތަކަށް ނުވުން.
ރ. ދިވެހިރާއްޖޭގައި އިޖްތިމާޢީ އަދި ޤައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި ޢަމަލީގޮތުން ކުޅެ/އުޅެ ޙަރަކާތްތެރިވެ އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ
- ސުންގަޑި: 10 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން
10 ޖުމާދަލްއޫލާ 1437