މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެ

ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެ

ޕްރީ ސްކޫލްތަކަށް ބޭނުންވާ ކުޅިވަރު ސާމާނު ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/04 އިޢުލާނާ ގުޅިގެން ބިޑާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިއުންތައް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް

2016 މާރިޗު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

21 ފެބުރުވަރީ 2016
ހޯދާ