ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ވެހިކަލް ގަރާޖަށް އިލެކްޓްރީޝަނެއް ބޭނުންވެއްޖެ

މަޤާމް :އިލެކްޓްރީޝަން
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އިލެކްޓްރީޝަން

އަދަދު: 1

މުސާރަ: -/8000ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖު

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް:-/2000ރ– -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.
  • ޕްރޮބޭޝަން ހަމަވުމަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  • ވެހިކަލްތަކުގައި ހުންނަ އިލެކްޓްރިކަލް އިކުއިޕްމަންޓްސް މަރާމާތުކުރުން.
  • ވެހިކަލްތައް ބަލައި ތަޙުލީލުކުރުމާއި، އަދި މަރާމާތުކުރުން.
  • އެސްޓީއޯގެ އެކިއެކި ވެހިކަލާއި، އަދި މެޝިންތަކުގެ އިލެކްޓްރިކް މަސައްކަތްކުރުން.                                            

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމާ ގުޅުންހުރި ދާއިރާއަކުން  ލެވަލް 7 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 24 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

 ނޯޓު:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

8 ޖުމާދަލްއޫލާ 1437

 

17 ފެބުރުވަރީ 2016
ހޯދާ