މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ
  • މަގާމުގެ ގިންތި: ދާއިމީ
  • މަޤާމުގެ ރޭންކް: އެމް. އެސް. 3
  • މަޤާމުގެ ކްލެސިފިކޭޝަން: ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • އޮފީސް / އިދާރާ: މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
  • ސެކްޝަން: ކޯޕަރޭޓް އެފެއާޒް
  • ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ބ. އޭދަފުށި
  • މުސާރަ: -/7،035 ރުފިޔާ
  • ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
  • ބޭނުންވާ ޢަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    

1. ބ. އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓުގެ މަސައްކަތްތައް، ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތީން ހިންގައި، ސުޕަވައިޒްކޮށް، ބަލަަހައްޓައި، މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް، އެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން. މިގޮތުން:

  • ޔުނިޓަށް ލިބޭ މައްސަލަތައް ދުވަހުން ދުވަހަށް ނިންމައި، ޖަވާބުދާރީވުން.
  • އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  •  އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކާ ގުޅޭ މަސައްކަތް ކުރުން.
  •  އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކައުންސިލްގެ އިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކާއި، އެތަންތަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ ގަވައިދުން ބަލަހައްޓައި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުން.
  • ކައުންސިލްގެ އިދާރާއާއި، އިދާރާގެ ބެލުމުގެދަށުގައި ހުންނަ އިމާރާތްތަކާއި، ލާންޗްފަހަރާއި އެހެނިހެން ތަކެތި، އޮންނަ އުސޫލުން ބަލަހައްޓައި، މަރާމާތުކޮށް، އާމްދަނީ ހޯދޭ ވަސީލަތްތަކުން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރުން.
  • އިދާރާގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތައް ދެނެގަނެ ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

2. އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓު މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އިޞްލާޙީ ފިޔަވަޅު އެޅުން.

3. އިދާރާއަށް  ބޭނުންވާ  އިންސާނީ  ވަސީލަތްތައް  ތަރައްޤީކުރުމަށް  ބޭނުންވާ  ތަމްރީނު  ޕްރޮގްރާމްތައް  ދެނެގަނެ، އެ  ތަމްރީނުކުރުމަށް  ބޭނުންވާ  ޕްލޭނެއް  އެކުލަވައިލައި،  އެ  ޕްލޭން  ހިންގުމަށް  ކުރަންޖެހޭ  މަސައްކަތްތައްކޮށް،  ޕްލޭނަށް  ގެންނަންޖެހޭ  ބަދަލުތައް  ގެނައުން.

4. އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައިވާގޮތުގެމަތިން އިދާރާގެ ޓްރެއިނިންގ ރިކުއާރމަންޓް އެކުލަވައިލުމަށް އެހީތެރިވެދިނުން.

5. އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގުމާއި، އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

6. އިދާރާއަށް ބޭނުންވާ މުވައްޒަފުން ލެއްވުމާއި ވަކިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

7. އިދާރާ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފުކުރުމާއި، އިދާރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

8. އިދާރާގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9. ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.

10. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

11. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

12. އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

13. އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް/ޒިންމާދާރު ވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓަރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.   

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތު  ތަޖުރިބާ.

3. މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލް، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ދުވަހާއި ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. މި މަޤާމާށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  އިދާރާގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ވެސް  ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަޞްލު) 

4. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)

6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

މަޢުލޫމާތު ސާފު ކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6608300 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6608301 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ