ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:                       

މަޤާމު:                     ޕްރިންޓަރ

ބޭނުންވާ އަދަދު:                1 (އެކެއް)

ރޭންކް:                     SS3

ކްލެސިފިކޭޝަން:                ސަޕޯޓް ސްޓާފް ގުރޭޑް 3

މަޤާމްގެ ނަންބަރު:               OD/22/2016/09-ފ188

ގިންތި:                       ދާއިމީ

ވަޒީފާ އޮތް އޮފީސް:               ހިތާދޫ ސްކޫލް، ބ. ހިތާދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން/ ސެކްޝަން:     ހިތާދޫ ސްކޫލް، ބ. ހިތާދޫ

ފެންވަރު ނުވަތަ ޝަރުޠު:

 

މަޤާމް

 

ރޭންކް

 

ކްލެސިފިކޭޝަން

 

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންޓަރ

އެސް. އެސް. 3

ސަޕޯޓް ސްޓާފް

ގްރޭޑް 3

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3875 ރުފިޔާ

-/1000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުން ޗާޕުކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ވާރކްޝީޓާއި، އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައި އޮންނަ އުސޫލުން ޗާޕުކޮށް، ހީރަސްޖަހަންޖެހޭ ތަކެތި ހީރަސްޖަހައި ތައްޔާރުކުރުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވާރކްޝީޓާއި، އެންމެހައި ލިޔެކިޔުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދެންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.

2. ފޮޓޯކޮޕީމެޝިނުން ކޮޕީހަދާ ލިޔުންތަކުގެ ހިސާބު، އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ފޮތުގައި ބަރާބަރަށް ރިކޯޑުކޮށް ބެލެހެއްޓުން.

3. ޗާޕުކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނަރ، ކާޓްރިޖް، މާސްޓަރ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި ހުސްވުމުގެ ކުރިން ދުރާލައި އެ ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތަށް އެންގުން.

4. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީމެޝިންތައް ސާފުކޮށް ބެލެހެއްޓުމަކީ މައްސަލަތައް ޖެހުން މަދުކުރެވޭނެ ކަމެއްކަން ޤަބޫލުކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.

5. ޗާޕުކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ހާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް، ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުވައިދިނުން.

7. ސްކޫލުގެ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސާމާނުތައް ހޯދުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

8. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ، މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 8 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، ހިތާދޫ ސްކޫލުގައެވެ.

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތާދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6600314 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

06 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ