ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ. ފުނަދޫގައި 3 ބުރި ޢިމާރާތެއް، ޓެރަހާއެކު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ކ.ފުނަދޫގައި 3 ބުރި އިމާރާތެއް، ޓެރަހާއެކު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ކ.ފުނަދޫގައި 3 ބުރި އިމާރާތެއް، ޓެރަހާއެކު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ރާއްޖޭގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތްކ.ފުނަދޫގައި ޓެރަހާއިއެކު 3 ބުރި ޢިމާރާތެއް ހެދުން.

މަސައްކަތުގެ ވެރިފަރާތްސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ފެބުރުވަރީ 28 ވާ ދުވަހުގެ 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަން ކަރުދާސް ދޫކުރުންރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ފެބުރުވަރީ 28 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުންރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 1000 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑު އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 06 ވާ ދުވަހުގެ 1500 ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި 2016 މާރިޗު 08  ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މާރިޗު 13 ވަނަ ދުވަހުގެ 1400 ގައި  އެސް.ޓީ.އޯ ހެޑު އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344371, 3344180

ފެކުސް:  3344633

އީމެއިލް: [email protected]

9 ޖުމާދަލްއޫލާ 1437

 

18 ފެބުރުވަރީ 2016
ހޯދާ