ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު:

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ސިވިލް އިންޖިނިއަރ

މުސާރަ: -/14،500 ރުފިޔާ

ފުޑް އެލަވަންސް: -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: -/1،500 ރުފިޔާ

އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސެޓިފިކެޓް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން، ސެޓްފިކެޓް އެލެވަންސްގެގޮތުގައި، މުސާރައިގެ % 40 ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، ގުޅީފަޅު ސައިޓް

މަޤާމުގެ ޝަރުޠު: 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ މަޤާމާ ގުޅޭ ދާއިރާއެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މެނޭޖެރިކަލް މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
  • ޕްރޮޖެކްޓް މެނޭޖްކުރުމާއި، ސުޕަވައިޒްކުރުމުގެ ހުނަރު ލިބިފައިވުން.
  • އޮޓޭކެޑް ބޭނުންކުރަން އެނގުމާއި، ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ގުޅިފަޅުގެ މާސްޓަރ ޕުލޭނާ އެއްގޮތަށް ގުޅިފަޅު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  • ގުޅިފަޅުގެ މާސްޓަރ ޕުލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި، އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.
  • ޓެކްނިކަލް އަދި ފީސިބިލިޓީ ސްޓަޑީޒް ތައްޔާރުކުރުމާއި އެއާ ގުޅޭ ބުލޫ ޕްރިންޓްސް ތައްޔާރުކުރުން.
  • މަސައްކަތާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މައްސަލައެއް ދިމާވާ ހާލަތެއްގައި އެ މައްސަލައެއް ޙައްލުކުރުން.

މަޤާމުގެ ނަން: ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

މުސާރަ: -/10،400 ރުފިޔާ

ފުޑް އެލަވަންސް: -/1،050 ރުފިޔާ

ލިވިންގ އެލަވަންސް: -/1،500 ރުފިޔާ

އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސެޓިފިކެޓް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން، ސެޓްފިކެޓް އެލެވަންސް ގޮތުގައި، މުސާރައިގެ % 40 ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، މާލެ އޮފީސް

މަޤާމުގެ ޝަރުޠު: 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން މެނޭޖްމެންޓް ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓުސް ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން.
  • ޕްރޮކިއުމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިޔުން.
  • ކުންފުންޏަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސްހިސާބުތައް ހެދުން.
  • ޕާރޗޭސް އޯޑަރ / ވޯރކް އޯޑަރ ތައްޔާރުކުރުން.
  • ބިޑާއި އެއާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އިޢުލާނުކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  • ޕްރޮކިއުމަންޓް ސެކްޝަން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެނޫން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް (އެޓެސްޓްކޮށްފައި)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންވީ ތަން:
ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ސުންގަޑި: 

2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 16:00 އަށެވެ.)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

9 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ