ދިވެހިރާއްޖެ
1. ތިރީގައިވާ ރަށްރަށުގައި ޑޮމެސްޓިކް އެއަރޕޯޓެއް ބިލްޑް އޮޕަރޭޓް އެންޑް ޓްރާންސްފަރ (ބީ.އޯ.ޓީ) ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ މާލީ ޤާބިލުކަން ލިބިފައިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިކަމަށް އެދި ޝައުޤުވެރިކަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
- ނ. އަތޮޅު މާފަރު
- ގދ. އަތޮޅު މާވަރުލު
2. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުމުގައި ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
ހ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު
ށ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް، ތަޖުރިބާ އަދި ޤާބިލުކަން އަންގައިދޭ ލިޔުން
ނ. ސީނިއަރ މެނޭޖްމަންޓްގެ ތަފުސީލު
ރ. މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގައި ލިބިފައިވާ މާލީ ޤާބިލުކަން އަންގައިދޭ ލިޔުން
ރ. ޤާބިލުކަން އަންގައިދޭ އެހެނިހެން ލިޔުން.
3. އިތުރު މަޢުލޫމާތު ރީޖަނަލް އެއަރޕޯޓްސް / މިނިސްޓްރީ އޮފް ޓޫރިޒަމް އިން ލިބިވަޑައިގަންނަވާނެއެވެ.
4. މިކަމަށް އެދި ޝައުޤުވެރިކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކޮށް ހިންގުން" މިގޮތަށް ޖައްސަވާފައެވެ. އީ.އޯ.އައި ހުށަހަޅުއްވާނީ މަތީގައިވާ މަޢުލޫމާތު ހިމަނުއްވާ 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.
ޑިރެކްޓަރ ޖެނެރަލް
ރީޖަނަލް އެއަރޕޯޓްސް/މިނިސްޓްރީ އޮފް ޓޫރިޒަމް
ވެލާނާގެ 11 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ.
އީމެއިލް: [email protected]
5. ޕްރޮޖެކްޓަށް އާރ.އެފް.ޕީ ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީ.އޯ.އައި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ހެދޭ އިވެލުއޭޝަނަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަކަށެވެ.
6. ހުށަހެޅޭ އީ.އޯ.އައި ނުވަތަ އީ.އޯ.އައިތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ރީޖަނަލް އެއަރޕޯޓްސްއަށް ލިބިގެންވެއެވެ. އީ.އޯ.އައި ހުށަހެޅުމަށް ދެވިފައިވާ ސުންގަޑީގެފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ. ޕޯސްޓު ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅުއްވާ އީ.އޯ.އައި ލިިބުމުގައި ދިމާވާ ލަސްވުމަކަށް ރީޖަނަލް އެއަރޕޯޓްސްއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.