ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު  :              ސީނިއަރ ސްކޫލް ހެލްތު އޮފިސަރ (ކޮންޓްރެކްޓް)              

ބޭނުންވާ އަދަދު :        1

މަޤާމުގެ ކްލެސިފިކޭޝަން  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:               އެމް.އެސް 2

މުސާރަ:              -/6295 ރުފިރާ

ސަރވިސް އެލެވަންސް:     -/2500 ރުފިޔާ

އިތުރު ގަޑި:            އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1-މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ

2-މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައި ވުން. ނުވަތަ

3- މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ

4- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-  ސްކޫލްގައި ހުއްޓާ ދަރިވަރަކު ބަލިވެއްޖެ ނަމަ ފުރަތަމަ އެހީ ފޯރުކޮށްދިނުން

-  ސްކޫލްގައި ހުއްޓާ ދަރިވަރަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ ދަރިވަރާއެކު ހޮސްޕިޓަލަށް ދިއުން އަދި ލަސްނުކޮށް ބެލެނިވެރިޔާއަށް އެންގުން

-  އާންމުގޮތެއްގައި ދަރިވަރުން ބޭނުންވާނޭ މެޑިކަލް ސަޕްލައި ހުސްވިޔަނުދީ ބަޖެޓް މެދުވެރިކޮށް ހޯދާފައި ބެހެއްޓުން

-  ސްކޫލް ފެންވަރުގައާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު ޓީމުގެ ހެލްތު އޮފިޝަލްގެ ގޮތުގައި ބައިވެރިވުން، އަދި ދަރިވަރުން ކުޅޭހުރިހާ ވަގުތެއްގައި ކުޅޭތަނުގައި މަޑުކުރުން

-  ދަރިވަރުން ގެންދާ ފީލްޑް ޓްރިޕްތަކުގައި މުދައްރިސާ އެކު ބައިވެރިވުން

-  ކްލާސްރޫމްތަކާއި ދަރިވަރުން ބޭނުންކުރާ ފާޚާނާތަކާއި ސްކޫލްގެ ގޯތިތެރެ ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ގޮތަށްތޯ ބަލައި ހަފުތާއަކު އެއް ފަހަރު ރިޕޯޓެއް ތައްޔާރުކޮށް އެރިޕޯޓުގައިވާ ކަންތައްތައް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ހައްލުކުރުން

-  ދަރިވަރުންނަށް އަމާޒުކޮށްގެން، ދަރިވަރުންގެ ޞިއްޙަތާއި ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުުން

-  ސްކޫލުން ތާވަލު ކޮށްފައިވާ ހެލްތު ސްކްރީނިންގ، ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން

-  ސްޓޫޑަންޓް ސަރވިސަސް އާ ގުޅުން ހުންނަ (ލީވިންގ ސެޓުފިކެޓް ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުން ހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓް ގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

މަޤާމު  :             ސީނިއަރ ސްޕޯޓްސް ސުޕަވައިޒަރ  (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު :        1

މަޤާމުގެ ކްލެސިފިކޭޝަން:    ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:               އެމް.އެސް 1

މުސާރަ:              -/5610 ރުފިރާ

ސަރވިސް އެލެވަންސް:     -/2000 ރުފިޔާ

އިތުރު ގަޑި:            އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ

2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދައިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކުރިއަށް އޮންނަ އަހަރަށް ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ވެރިން އަންގާ މުއްދަތަކަށް، ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުން.
  2. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.
  3. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރާތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިނގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.
  4. ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސް ކޮށްދިނުމާއި، އެކުދިން ބެލެހެއްޓުން.
  5. ކުޅިވަރުގެ ކަންތައްތަކާބެހޭ ގޮތުން ބާއްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.
  6. ކުޅިވަރުގެ ހަރަކާތްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ނެގުމާއި، ފަރުވާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  7. ސްކޫލް ފެންވަރުގައާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު ދަރިވަރުން ކުޅޭ ހުރިހާ ވަގުތެއްގައި ކުޅޭ ތަނުގައި މަޑުކުރުން
  8. މުބާރާތައް ބޭނުންވާ ރެފްރީންނާއި އަމްޕަޔަރުން ހޯދުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު  :              އެސިސްޓަންޓް ލައިބްރޭރިއަން  (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު :        2

މަޤާމުގެ ކްލެސިފިކޭޝަން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:               ޖީ.އެސް 3

މުސާރަ:              -/4465 ރުފިރާ

ސަރވިސް އެލެވަންސް:     -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:            އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1- މަޤާމުގެމަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ

2- ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ލައިބްރަރީގެ އިންވެންޓްރީ ކޮންމެ އަހަރެއް ނިމުމުން އަޕްޑޭޓްކޮށް ބެލެހެއްޓުން

- ނައްތައިލެވޭ ފޮތްތަކުގެ ރިކޯޑާއި ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން

- ފޮތްތަކުގައި ނަންބަރު ޖެހުން

- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

- ލައިބްރަރީގައިވާ ފޮތްތައް ގަނޑުލައި ބެލެހެއްޓުން

- ދަރިވަރުންނަށް ޓެކްސްޓް ފޮތް ދޫކުރުން

- ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން ލައިބްރަރީ ތެރެ އިންތިޒާމުކޮށްފައި ހުރުން.

- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން.

- ލައިބްރަރީއާއި ލައިބްރަރީގެ ކްލާސް ރޫމްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން ބެލެހެއްޓުން.

- ކިޔަވައިދިނުމާ ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިވެދިނުން

- ސްޓޫޑެންޓް ސަރވިސަސްއާ ގުޅުން ހުންނަ (ލީވިންގ ސެޓުފިކެޓު ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުން ހުރި މަސައްކަތްތަކާއި، ރިސެޕްޝަން މަސައްކަތްތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްތައް، ސްޓޫޑެންޓް އެންރޯލްމަންޓް ގެ މަސައްކަތްތައް) އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

މަޤާމު  :              ޕްރިންޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު :         1

މަޤާމުގެ ކްލެސިފިކޭޝަން  ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް:               އެސް.އެސް 3

މުސާރަ:              -/3875 ރުފިރާ

ސަރވިސް އެލެވަންސް:     -/1000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައި ދެވޭނެ.

އިތުރު ގަޑި:            އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުން ނުވަތަ

2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައި ވުން

 ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޓެސްޓް ޕޭޕަރުތައް ޗާޕުކުރުމާއި ހީރަސްޖެހުން
  • ޓީޗަރުންނާއި އޮފީސް ސްޓާފުން ދޭ ހޭންޑް އައުޓްތައް ޕްރިންޓް ކުރުމާއި، ޕޮޓޯކޮޕީ ހެއްދުން އަދި ހީރަސްޖެހުން.
  • ޕްރިންޓިންގ މެޝިންތަކާއި ފޮޓޯކޮޕީ މެޝިންތައް ސާފުކޮށް ބެލެހެއްޓުން
  • ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ކުދި މައްސަލަތައް އަމިއްލައަށް ހައްލުކުރުން
  • ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ޒިންމާއުފުލުން
  • ޗާޕުކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސް ބެލެހެެއްޓުން.
  • ޗާޕުކުރަން ބޭނުންވާ ދެލި، މާސްޓަރ ރޯލް ކަރުދާސް ފަދަ ތަކެތި ހުސްވުމުގެ ކުރިން ނޯޓުކޮށް މި ސެންޓަރުގެ މަސައްކަތަށް ދަތިނުވާނޭހެން ހޯދުން
  • ޗާޕުކުރުމަށް ނުވަތަ ޕްރިންޓް ކުރުމަށް ހަވާލުކުރެވޭ ތަކެތީގެ ސިއްރު ހިފެހެއްޓުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން
  • މަސައްކަތް އިތުރަށް ފުރިހަމަ ކުރެވޭނޭ ޒަމާނީ އާގޮތްތަކާއި ވަސީލަތްތައް ހޯދާ ބޭނުންކުރުން
  • ކޮޕީރައިޓްސް ލޯ އަދި ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއްކޮށް އެ ގަވާއިދުތަކަށް އިޙުތިރާމް ކުރުން
  • އަދި މި ސެންޓަރުން ދަރިވަރުންނަށް ބާއްވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން

 

މަޤާމު  :             މަސައްކަތު  (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު :        2

މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:               އެސް.އެސް 1

މުސާރަ:              -/3100 ރުފިރާ

ސަރވިސް އެލެވަންސް:     -/1000 ރުފިޔާ

އިތުރު ގަޑި:            އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްކޫލްގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން

2- ސްކޫލް ގޯތިތެރެ އަދި ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3- ސްކޫލްގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ސްކޫލްގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރު ކުރުން.

5- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބު ކުރުން.

6- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑި މޭޒު ޖެހުން.

7- ދަރިވަރުންނާއި ގުޅުން ހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

އިންޓަރވިއު ކުރުން

  • މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ 30 ފެބުރުވަރީ 2016 އާއި 07 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އަދި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.www.chse.edu.mv)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓް ކޮޕީ
  3. އެކްރިޑެޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ދާ ވަޒީފާއިން ދޫކުރުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ ތައްގަނޑު ޖެހި ލިޔުމެއް އަދި އުޅެފައިވާ މަޤާމު، ރޭންކް އަދި މުއްދަތު އެގޭނޭ ލިޔުމެއް ހުށަހެޅުން.

މަޤާމުތަކަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ 14:00 އަށެވެ.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ (ގުޅުންހުރި ދާއިރާއެއްގައި) ވަޒީފާއަދާކޮށްފައިވާ ތަންތަނުން ހުށަހަޅާ ރަސްމީ ލިޔުންތަކުގެ މައްޗަށްބިނާކޮށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގެ 14:00 ގެ ކުރިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ނަންބަރު 3321330 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

15 ފެބުރުވަރީ 2016
ހޯދާ