މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެއަރ ޓްރެފިކް އިލެކްޓްރޯނިކްސް ޓެކްނީޝަން ގްރޭޑް 1
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / އެއަރ ޓްރެފިކް އިންޖިނިއަރިންގ

ޝަރުޠު:

  • ދުނިޔެ ގަބޫލުކުރާ ފެންވަރުގެ އިންސްޓިޓިއުޓަކުން އިލެކްޓްރޯނިކްސް ނުވަތަ ކޮމިއުނިކޭޝަން އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާ ސެޓްފިކެޓް ހާސިލުކޮށްފައިވުން.

  • PC އަދި  LINUXގައި ބޭނުންކުރެވޭ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

  • ގިނަ އަދަދެއްގެ ޓެކްނިކަލް އަދި ނާޒުކު އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މަރާމާތުުރަން އެނގުން.

  • އުުމުރު: 20-35 އަހަރާ ދެމެދު.

  • ޝިފްޓް ޑީއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/12،000 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ ސިޔާސަތާއި، އެއަރ ޓްރެފިކް އިނޖިނިއަރިންގ ޔުނިޓުގައި (ATEU) މަސައްކަތްކުރަން ކަނޑައެޅިފައިވާ ގޮތްތަކާއި، އެއަރ ޓްރެފިކް އިންޖިނިއަރިންގ މެނުއަލް (MATE) އަށް ރިޢާއަތްކޮށް، ތަނުގެ މަސައްކަތް ހުއްޓުމަކަށް އަޔަނުދީ، އެއަރ ޓްރެފިކް ކޮންޓްރޯލްގެ އެންމެހައި ސިސްޓަމްތަކާއި އިކުވިޕްމަންޓްތައް ބެލެހެއްޓުން.

މަޤާމް :އެރޮޑްރޯމް ފްލައިޓް އިންފޮމޭޝަން ސަރވިސަސް އޮފިސަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް، ރ. އިފުރު

ޝަރުޠު:

  •  ޖީ.ސީ.އީ އޯލެވަލް އިމްތިޙާން އިން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިމްތިޙާން އިން ދިވެހިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން.

  • 21 އަހަރު ފުރިފައިވުން.

    މުސާރައާއި އިނާޔަތްތައް: މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

    ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ވައިގެ ބަނދަރު ބޭނުންކުރާ މަތިންދާބޯޓްތަކާއި މުޢާމަލާތްކޮށް، ރައްކާތެރިކަމާއެކު މަތިންދާބޯޓަށް ޚިދުމަތް ދިނުން.

  • މުވާޞަލާތީ އާލަތްތައް ބޭނުންކޮށްގެން މަތިންދާބޯޓަށް މޫސުމާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުން.

  • ޖައްސައި އަދި ފުރާ މަތިންދާބޯޓަށް ވައިގެބަދަރުގެ ހާލަތު އަންގައި ދިނުން.

  • ރަންވޭއާއި ރަންވޭ ވަށައިގެންވާ ސަރަހައްދު އިންސްޕެކްޓް ކުރެވުނުތޯ ބަލައި ލޮގް ކުރުން.

  • އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ސޭފްޓީއަށް އެންމެ އިސްކަންދީގެން މަސައްކަތްކުރުމާއި މަތިންދާބޯޓަށް އަދި އެއަރޕޯޓުގައި ދިމާވާ ތަފާތު އެކިއެކި އިމަޖެންސީތަކުގައި އެހީތެރިވުން.

  • ފްލައިޓް މޫވްމެންޓް އަދި އެޓެންޑެންސް ރިޕޯޓް އޭޓީއެސް މެނޭޖްމަންޓަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސީވީއާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓްފިކެޓގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި : 24 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 16:00.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

16 ފެބުރުވަރީ 2016
ހޯދާ