މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
280 ފޫޓުގެ ޓަވަރާއި، ޓަވަރު ހަރުކުރުމަށް އަޅާފައިވާ ކޮންކްރީޓް ބުޑުތައް އެތަނުން ނަގައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގާފަރުގެ ހުޅަނގު ދެކުނު ފަރާތުގައި 2010 ވަނަ އަހަރު ޖަހާފައިވާ ގާތްގަނޑަކަށް 280 ފޫޓުގެ ޓަވަރާއި ޓަވަރު ހަރުކުރުމަށް އަޅާފައިވާ ކޮންކްރީޓް ބުޑުތައް އެތަނުން ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ފެބުރުވަރީ 2016 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ޓަވަރު ނެގުމުގެ މަސައްކަތަށާއި ބުޑުތައް ނެގުމުގެ މަސައްކަތަށް ވަކިންނެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ