ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
A4 80 ގްރާމުގެ ހުދު ކަރުދާސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ކްރިމިނަލް ކޯޓަށް A4 80 ގްރާމުގެ ހުދު ކަރުދާސް 1 އަހަރުދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު 2016/08/SP-ފ145 (19 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާންކުރުމަށް ޚަރަދުކޮމިޓީން ނިންމާފައިވާތީ 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، A4 80 ގްރާމުގެ ހުދު ކަރުދާސް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ 10:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ކުރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775608 ނަންބަރާ ގުޅުއްވުން އެދެމެވެ.

06 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ