ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޕީޑް ބޯޓެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސްޕީޑް ބޯޓެއް 250 ހޯސްޕަވަރގެ 02 އައުޓް ބޯޑު އިންޖީނާއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުންޏަށް ސްޕީޑް ބޯޓެއް 250 ހޯސްޕަވަރގެ 02 އިންޖީނާއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ސްޕީޑް ބޯޓަކާއެކު 250 ހޯސްޕަވަރގެ 02 އައުޓް ބޯޑު އިންޖީނު ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 01 މާރިޗު 2016 ވާ އަންގާރަދުވަހުގެ 11:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

ޖާގަ: 22 މީހުން

ދިގުމިން: 36 ފޫޓާއި 40 ފޫޓާ ދެމެދު

އިންޖީނު: 250 ހޯސްޕަވަރުގެ 02 އައުޓްބޯޑު

އަންދާސީހިސާބު ހުށަހަޅުއްވާއިރު -/250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ 90 ދުވަހެވެ.

މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ.

18 ފެބުރުވަރީ 2016
ހޯދާ