ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވޭނެއް މަރާމާތުކުރުމަށް

އިޢުލާން

މި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ Toyota Voxy ވޭނެއް މަރާމާތުކުރުމަށް ބޭނުންވާތީ، އެ ވޭން މަރާމާތުކޮށް ރަނިންކޮންޑިޝަނަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ހާޒިރުވެދެއްވުން އެދެމެވެ.

މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން މަރާމާތުގެ ތަފުސީލާއި އެކަންކަމަށް ދާނެ ޚަރަދު އެނގޭގޮތަށް އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 25 ފެބުރުވަރީ 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 12:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

06 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ