ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހަރުކުރުމާގުޅޭ

އިޢުލާން

އެއަރކޮންޑިޝަން ހަރުކުރުމާގުޅޭ

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ވިލުފުށީ ޞިއްޙީ މަރުކަޒުގެ ފަބްލިކް ހެލްތު ޔުނިޓްގައި 9000 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް، ކޮންސަލްޓޭޝަންރޫމުގައި 9000 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް، އޮފީސްބައިގައި 32000 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް އަދި ލޭބަރރޫމުގައި 32000 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް ހަރުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މަރުކަޒަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 ގައި މިމަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ސިޓީއެއް އޮންނަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ