ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ ސްކޫލް / ސ. ހުޅުދޫ

މަޤާމުގެ ޝަރުޠު:

  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ހެލްތުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ސްކޫލުގައި ފޯރުކޮށްދިނުން.
  • ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާދިނުން.
  • ދަރިވަރުންގެ ހެލްތު ސްކްރީންގެ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފާހަގަކޮށް، އެކަމުގެ މަޢުލޫމާތު، ކްލާސްޓީޗަރަށާއި، ސުޕަވައިޒަރަށާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެންއޮތް އެހީތެރިކަމެއް ދިނުން.
  • ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރު ހަރަކާތްތަކާއި، ފަސްޓްއެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓްއެއިޑުގެ ޚިދުމަތްދިނުން.
  • ސްކޫލުގެ ދަރިވަރުންގެ ހެލްތު ރެކޯޑް ބެލެހެއްޓުން.

ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުން:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން ފެންވަރުބަލައި ތަތްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،  2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން  ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

ނޯޓް: މި  އިއުލާނާ  ގުޅިގެން  މި  މަގާމަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠުހަމަވާ  ފަރާތްތައް  އިންޓަވިއު  ކުރުމަށްފަހު  އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6894068 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

7 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016
ހޯދާ